ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫން އިތުރު މަރެއް

އައްޑު އަތޮޅުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހިތަދޫގައި ހުންނަ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި ވަނީ 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ މަރުވީ ރޭ މެންދަމު 2:15 ހާއިރު ކަމަށެވެ. އެ އަންހެން މީހާއަކީ ކޮވިޑް ބަލި ޖެހި ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ކޮވިޑްގައި މި މަހު އައްޑޫއިން މަރުވި ފަސްވަނަ މީހާ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް އައްޑޫން ވަނީ ކޮވިޑްގައި އުމުރުން ދުވަސްވީ ދެ މީހަކު މަރުވެފަ އެވެ..

އައްޑޫން އައި މި މަރާއިއެކު މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 243 އަށް އިތުރުވީ އެވެ.