ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 19 ރަށެއް

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 19 އަށް އަރައިފި އެވެ.

ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު އިތުރުވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު ދަށްވާން ފަށާފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަށްވެސް މިހާރު މި ލިސްޓަކު ނެތެވެ.

މިދިޔަ އޮގަސްޓު މަހު 13 ރަށެއް އެޗްޕީއޭއިން ބަންދުކޮށްފައިވެ އެވެ. އެއީ އއ. ހިމަންދޫ، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. މަޑަވެލި، ލ. މުންޑޫ، ށ. މިލަންދޫ، ވ. ތިނަދޫ، ހދ. ނޮޅިވަރަން، މ. ވޭވައް، އައްޑޫ ސިޓީގެ ހަތަރު އަވަށެއް (ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ) އަދި ހދ. ނޮޅިވަރަންފަރެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެނިގެން މިމަހުގެ ހަތަރެއްގައި ދެ ރަށެއް ބަންދުކޮށްފަ އެވެ. އެއީ ސ. ހުޅުމީދޫ، ރ. ރަސްމާދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ. ހަތްވަނަ ދުވަހ ވ. ފުލިދޫވެސް ބަންދުކޮށްފައިވެ އެވެ. އިއްޔެ ބަންދުގެ ލިސްޓަށް ވަނީ ރ. ކިނޮޅަސް އިތުރުކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 111 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 82،475 އަށް އަރާފަ އެވެ. އިއްޔެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭ އިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 54 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 52 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ފަސް މީހަކު ޕޮޒިޓިވްވެފައިވެ އެެވެ.