ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫއިން މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މަރުވެފައިވަނީ އުމުރުން 87 އަހަރު ދިވެހި އަންހެނެއް ކަމަށެެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 11:46 ގައި ކަމަށެވެ.

މި މަރާއިއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 245 އަށް އިތުރުވެފަ އެވެ. އަދި އައްޑޫން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ. މިއީ މި މަހުގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި މަދުވި ނަމަވެސް މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ. އެގޮތުން މިދިޔަ ސައުވީސް ގަޑިއިރު ތެރޭ 109 މީހަކަށް ބަލި ޖެހިފައިވެ އެވެ.

ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިވަގުތުވެސް 27 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.