ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑްގައި މަރުވި މީހެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް

ކޮވިޑްގައި އައްޑޫއިން ރޭ މެންދަމު މަރުވި މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ރޭ އައްޑޫއިން މަރުވެފައި ވަނީ 81 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ރޭ މެންދަމު 2:15 ހާއިރު އެވެ. އެ އަންހެން މީހާއަކީ ކޮވިޑް ބަލި ޖެހި ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއިން ކޮވިޑްގައި މަރުވި އަންހެންމީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ބުނެ އެމީހާގެ އާއިލާއެއް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހިތަދޫގައި ހުންނަ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބަހެއް ނުލިބެ އެވެ.

މި މަރަކީ ކޮވިޑްގައި މި މަހު އައްޑޫގެ ފަސްވަނަ މަރެވެ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް އައްޑޫން ވަނީ ކޮވިޑްގައި އުމުރުން ދުވަސްވީ ދެ މީހަކު މަރުވެފަ އެވެ. އައްޑޫން އައި މި މަރާއިއެކު މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 243 އަށް އިތުރުވީ އެވެ.