ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަތޮޅުތެރޭގައި ކޮވިޑަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ އައްޑޫގައި

މާލޭ ފިޔަވައި އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވަނީ އައްޑޫ ސިޓީން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދު ފިޔަވައި އެކްޓިވް ކޭސް އެންމެ ގިނައީ ކ. ގުރައިދޫ، ހދ. ކުޅުދުއްފުށި، ސ. ހުޅުމީދޫ، ސ. ފޭދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގަ އެވެ.

ކ. ގުރައިދޫއިން އެކްޓިވް ކޭސްގެ ގޮތުގައި 120 ދިވެހިންނާއި ބިދޭސީ އަކު ހިމެނެ އެވެ. ކުޅުދުއްފުށިން 177 ދިވެހިންނާއި ހަތަރު ބިދޭސީއަކު ހިމެނޭއިރު ހުޅުމީދޫގައި 164 ދިވެހިންނާއި ދެ ބިދޭސީއަކު ހިމެނެ އެވެ. އަދި ފޭދޫގައި 152 ދިވެހިންނާއި ހަތަރު ބިދޭސީއަކު ހިމެނޭއިރު އައްޑޫ ހިތަދޫގައި 244 ދިވެހިންނާއެކު 31 ބިދޭސީއަކު ހިމެނެ އެވެ. މީގެއިތުރުން ފުވައްމުލަކުގައި 192 ދިވެހިންނާއި 11 ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި އަތޮޅުތެރެއިން 3،050 މީހަކު ވަނީ ދެނެގަނެވިފަ އެވެ. އެއީ 2،819 ދިވެހިންނާއި 231 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ވަނީ 2484 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 728 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.

ކޮވިޑް ބަލި ފެތުރެމުންދާތީ މިހާތަނަށް އެޗްޕީއޭއިން ވަނީ 25 ރަށެއް މޮނިޓަރިންގެ ހާލަތައް ވެސް ގެނެސްފަ އެވެ.