ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 26 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 26 އަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އަނެއްކާވެސް އަންނަނީ އިތުރު ވަމުންނެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި އަދިވެސް އޮތީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ހަތް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ގަން، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ، މ. ދިއްގަރު އަދި ނ. މިލަދޫ އެވެ.

މިމަހުގެ މިހާތަނަށް ބަންދުކޮށްފައި ވަނީ 14 ރަށެކެވެ. އެއީ މ. މުލި، ށ. ގޮއިދޫ، ތ. ތިމަރަފުށި، ރ. މަޑުއްވަރީ އަދި އެ އަތޮޅު މީދޫ އާއި އިންނަމާދޫ، ގއ. ކަދުހުޅުދޫ، ރ. އަލިފުށި، ދ. މީދޫ، ފ. ބިލައިދޫ، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ.

ރާއްޖެއިން އިއްޔެ 149 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 111 އެވެ.