ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގެ ލިސްޓުގައި 25 ރަށެއް

ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 25 އަށް ބަދަލުވެއްޖެ އެވެ

އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އަނެއްކާވެސް މި ވަނީ މައްޗަށް ދާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މިހާތަނަށް 19 ރަށެއް މޮނިޓަރިންގެ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ ލ. ފޮނަދޫ، ލ. ގަން، ނ. ޅޮހި، ށ. ފީވަށް، ބ. ތުޅާދޫ އާއި އެ އަތޮޅުގެ ކުޑަރިކުލާއި ގޮއިދޫ، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޫ، ށ. މާރޮށި، މ. ދިއްގަރު، ގއ. ކޮލަމާފުށި، ށ. ފޯކައިދޫ، ނ. މިލަދޫ، ކ. ހުރާ އަދި މ. މުލި އެވެ.

ރާއްޖެއިން އިއްޔެ 131 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 28 އެވެ.