ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގެ ލިސްޓުގައި 15 ރަށެއް

ކޮވިޑް ބަލި ފެނި، ފެތުރެމުން ދާތީ އެޗްޕީއޭއިން މޮނިޓަރިންއަށް ގެންގޮސްފައިވާ ރަށްތަކުގެ އަދަދު 15 އަށް ބަދަލު ވެއްޖެ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މިހާތަނަށް ނުވަ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ފޮނަދޫ، ލ. ގަން، ނ. ޅޮހި، ށ. ފީވަށް، ބ. އަތޮޅު ތުޅާދޫ އާއި ކުޑަރިކިލާއި ގޮއިދޫ، ނ. ހޮޅުދޫ އަދި މ. މުލަކެވެ.

ރާއްޖެއިން އިއްޔެ 55 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 21 އެވެ.