ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭ ބަންދު ލިސްޓުގައި 16 ރަށެއް

ކޮވިޑް ބަލި ފެނި، ފެތުރެމުންދާތީ އެޗްޕީއޭއިން މޮނިޓަރިންއަށްގެންގޮސްފައިވާ ރަށްތަކުގެ އަދަދު 16 އަށް ބަދަލުވެއްޖެ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އަށަކަށް ދަށްވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ، އާއި ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ، ތ. ދިޔަމިގިއްޔާއި ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ އާއި ނ. ވެލިދޫ އަދި އދ. އޮމަދޫ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މިހާތަނަށް ހަތަރު ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ފޮނަދޫ އާއި ދ. މާއެނބޫދޫ އާއި މ. ވޭވަށް އަދި ލ. ގަމެވެ.

ރާއްޖެއިން އިއްޔެ 46 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.