ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭ ބަންދު ލިސްޓުގައި 19 ރަށެއް

ރަށު ތެރެއިން ކޮވިޑް ބަލި ފެނި، ފެތުރެމުންދާތީ އެޗްޕީއޭއިން މޮނިޓަރިންގެ ދަށަށް ގެންގޮސްފައިވާ ރަށްތަކުގެ އަދަދު 16 އަށް ބަދަލުވެއްޖެ އެވެ.

މި ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ މިދިޔަ މަހު 20 ވަނަ ދުވަހު ބަންދުކުރި ކ. ގާފަރެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު މިހާރު އުޅެނީ ފަހެއްގަ އެވެ. އެއީ ގާފަރުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މި މަހުގެ މިހާތަނަށް ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ 11 އަށް އިތުރުވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ، ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ތ. ދިޔަމިގިލި، ށ. މާއުނގޫދޫ، ފ. ނިލަންދޫ، ނ. ވެލިދޫ، އދ. މަހިބަދޫ އަދި އެ އަތޮޅު އޮމަދޫ އެވެ.

މިއަދު ވަނީ އެޗްޕީއޭގެ ބަންދުގެ ލިސްޓަށް އާ ތިން ރަށެއް އިތުރު ވެފަ އެވެ. އެއީ ލ. ފޮނަދޫ، މ. ވޭވަށާއި ދ. މާއެނބޫދޫ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 105 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 80 މީހުނަކީ މާލެ ފިޔަވައި އެހެން ރަށްރަށުން ބަލި ޖެހުނު މީހުނެވެ.