ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 24 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 24 އަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އަނެއްކާވެސް މިވަނީ މައްޗަށް ދާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހުގެ 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު 13 ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ގަން، ށ. ފީވަށް، ބ. ތުޅާދޫ، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޫ، މ. ދިއްގަރު، ގއ. ކޮލަމާފުށި އަދި ނ. މިލަދޫ އެވެ.

މިމަހުގެ މިހާތަނަށް ބަންދުކޮށްފައިވަނީ ހަތަރު ރަށެކެވެ. އެއީ މ. މުލި، ނ. މަނަދޫ، ށ. ގޮއިދޫ، ބ. ހިތާދޫ އަދި ތ. ތިމަރަފުށްޓެވެ.

ރާއްޖެއިން އިއްޔެ 119 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 96 އެވެ.