ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ނެގެޓިވް މާބަނޑު މީހަކު ވިހޭ ކުއްޖާ ޕޮޒިޓިވް!

މާބަނޑު މީހަކު ވިހަން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރިއިރު އެ މީހާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ދެއްކި ނަމަވެސް ހަމަ އެ ވަގުތު އެ މިހާ ވިހޭ ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިންޑިޔާގެ ބަނާރަސް ހިންދޫ ޔުނިވަސިޓީ (ބީއެޗްޔޫ) ގެ ސާ ސުންދަރް ލާލް ހޮސްޕިޓަލަށް ވިހަން ދިޔަ 26 އަހަރުގެ މި އަންހެންމީހާ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުނުތާ އެއް ދުވަސް ފަހުން މޭ 24 ވަނަ ދުވަހު އަންހެންމީހާ ވިހޭ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވުމުން އާއިލާގެ މީހުންނާއި ޑޮކްޓަރުންނަށް ވަނީ ޝޮކެއް ލިބިފަ އެވެ. ސަބަބަކީ މައިމީހާގެ ބަލި ނެތި އޭނާގެ ބަނޑުގައި އޮތް ކުއްޖާއަށް ބަލި ޖެހިދާނެ ކަމަށް މިހާތަނަށް ގަބޫލު ކުރެވިފައި ނުވާތީ އެވެ.

އެސްއެސްއެލް ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ކޭ.ކޭ ގުޕްތާ ވިދާޅުވީ މިއީ އާރްޓީ-ޕީސީއާރް ޓެސްޓް ނަތީޖާގެ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މި ޓެސްޓްގެ ނަތީޖާގެ ޔަގީންކަން އޮންނަނީ 70 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މި އަންހެންމީހާގެ ކޮވިޑް ޓެސްޓް އަލުން ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވިޔަސް ދެ މައިންގެ ހާލު ވެސް މުޅީން ރަނގަޅު ކަމަށާއި ދެ ވަނަ ފަހަރަށް މަންމަގެ ޓެސްޓް ހަދައިގެން ނޫނީ މިކަން ވެގެން އުޅޭ ގޮތެއް ނޭނގޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.