ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އިންޑިޔާގެ ގިނަ ފަންނާނުންތަކަކަށް ކޮވިޑް ޖެހިފައި

ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ހޯސްޓް އަދިތުޔާ ނާރަޔަން އަށް ތިންވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ އެވެ. އަދިތުޔާ އަށް ކޮވިޑް ޖެހި ބަލިވުމުން ފާއިތުވީ ހަތަރު ވަރަކަށް އެޕިސޯޑު ހޯސްޓް ކޮށްފައިވަނީ ކޮމޭޑިއަން ހަރްޝް ލިމްބާޗިއާ އެވެ. ނަސީބަކުން ގްރޭންޑް ފިނާލޭ ބޭއްވިއިރު އަދިތުޔާ ބަލިން ފަސޭހަވެ ކޮމޭޑިއަން ބާރްތީ ސިންގް އާއެކު ޝޯ ހޯސްޓްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

އަދިތުޔާ ނޫނަސް ޓީވީ ބަތަލާ މާހީ ވިޖް އަށް ވެސް ކޮވިޑް ޖެހިގެން އުޅޭކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. އަދި ދާދިފަހުން އޮސްކާ އެވޯޑު ހާސިލްކުރި މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާވަން އަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ.

މި ދުވަސްވަރަކީ އިންޑީޔާގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެކެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދަރާއިން ބުނެފައި ވެއެވެ. އަދި މިހާރު އެ ގައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 15،000 އަށް ވުރެ މަތިވެފައި ވެއެވެ.

ސިއްހީ މާޙިރުން އިރުޝާދު ދެއްވަނީ މިފަދަ ދަނޑިވަޅެއްގައި ކޮވިޑުން ރައްކާތެރިވުމަށް އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވުމަށެވެ. މިފަހަރު ކޮވިޑް އިތުރުވެގެން އުޅެނީ އެކްސްބީބީ ވޭރިއަންޓް އަކުންނެވެ.

މިފަހަރުގެ ވޭރިއަންޓުން ވެސް ކޮވިޑް ޖެހުމުން ފެންނަނީ ކުރިން ވެސް މި ބަލި ޖެހުމުން ފެނުނު ކަހަލަ އަލާމާތް ތަކެކެވެ. އޭގެ ތެރޭގައި ހުން އައުމާއި ކެއްސުން، ނޭވާ ކުރުވުން، ހަކަތަ ނެތުން، ނޭވާލާން އުނދަގޫވުން، ގައިގައި ރިހުން، މަސްތަކުގައި ރިހުން، ކަރުތެރެ ސަކަރާތްވުން، ނޭފަތް ބެދުން ނުވަތަ ނޭފަތުން ފެން ފޭބުން އަދި މޭގައި ރިހުން ހިމެނެ އެވެ.

މިހާރު އަލަށް ގިނަވެގެން މިއުޅެނީ އެކްސްބީބީ 1.16 ވޭރިއަންޓް އަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ވައްތަރެކެވެ.