އެމްޑަބްލިއުއެސްސީ

ހަންޏާމީދޫ ފެން ވިއުގައިގެ މަސައްކަތް ފަށައިފި

May 29, 2021

އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.

ހަންޏާމީދޫ ފެން ވިއުގައިގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޕްލާންޓް ބަހައްޓަން ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތާއި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

އެރަށުގައި 5.1 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކު ގާއިމްކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާ ކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ހަންޏާމީދޫ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައި ދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރު ކޮށް ދޭނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 21.7 މިލިއަން ރުފިޔާ އެވެ. މަސައްކަތް އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.