ޅ. ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކުރި މިމަޝްރޫއުގެ މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑަބްލިއުއެސްސީންނެވެ.
މަސައްކަތް ނިންމާ ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ މަހު 19 އިން 22 އަށެވެ.
ނައިފަރުގައި ގާއިމުކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1،510 ގެއަކަށް ފެނުގެ ހިދުމަތް ފޯރކޮށްދޭނެ އެވެ.
މިމަޝްރޫއުގެ ދަށުން ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 1،300 ކިއުބިކް މީޓަރުގެ ޓޭންކެއް ވެސް ގާއިމުކޮށްފަ އެވެ.
ނައިފަރުގައި 5،000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް އިރު އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހައުސިން ޔުނިޓްތަކެއް ވެސް ނައިފަރުގައި އަޅާފަ އެވެ.