އެމްޑަބްލިއުއެސްސީ

ހެނބަދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ 80 ޕަސަންޓް މަސައްކަތް ނިމިއްޖެ

Feb 5, 2023
ހެނބަދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 80 ޕަސަންޓް ވަނީ ނިމިފަ -- ފޮޓޯ: އެމްޑަބްލިޔުއެސްސީ
0%
0%
0%

އެމްޑަބްލިޔުއެސްސީ އިން ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސަންޓް މަސައްކަތް ނިމިއްޖެ އެވެ.

މި ގޮތުން ފެނުގެ ނިޒާމުގައި ހިމެނޭ 4.83 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

މީގެ އިތުރުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ހަމަ މިއާއިއެކު ފެން ތަހުލީލު ކުރުމަށް ބޭނުންވާ ފާމާނު މި ރަށަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހެނބަދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 80 ޕަސަންޓް ވަނީ ނިމިފަ -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ހެނބަދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަގަކީ 41.36 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީ އިން ދެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345