އެމްޑަބްލިއުއެސްސީ

މާޅެންދޫ ފެނާއި ނަރުދަމާ ނިމެނީ

މާޅެންދޫގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މަސައްކަތް ކުރަނީ: މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި -- ފޮޓޯ: އެމްޑަބްލިއުއެސްސީ
0%
0%
0%

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުން 86 ޕަސެންޓް ނިމިއްޖެ ކަމަށް ފެންކުންފުނި، އެމްޑަބްލިޔުއެސްސީ އިން ބުނެފި އެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ
މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓްގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުން 7.6 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވާކްގެ ހޮޅިވަޅުލުމާއި، ސީ އައުޓްފޯލް ގާއިމްކުރުމާއި، ފަންޑިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345