ފެނާއި ނަރުދަމާގެ ނިޒާމް

ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

އެމްޑަބްލިޔުއެސްސީން ނ. ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު އިފްތިތާހު ކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ހެނބަދޫ ކައުންސިލްގެ ރައީސެވެ.

ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހެނބަދޫ އަށް ގެންގޮސްފަ އެވެ. މިހާރު ކުރަމުން ދަނީ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ.

މި މަޝްރޫއުގައި ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.