ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާސްކް ނާޅައި ވެކްސިން ނުޖަހާ އުޅެނީ އެއް އުމުރުފުރައެއް

May 29, 2021
2

މާލޭ ސަރަހައްދުގައި އުޅޭ އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 39 ޕަސަންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުގައި އުޅޭ އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 48 ޕަސެންޓް މީހުންނަކީ އާންމު ތަންތަނުގައި މާސްކު ވެސް ނާޅައި އުޅޭ މީހުނެވެ.

އެޗްޕީއޭ އިން ވަނީ އެމީހުންގެ ފަރާތުން ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަން ފާހަަ ކޮށްފަ އެވެ. އެހެންވެ އެމީހުންގެ އަމިއްލަ ނަފްސާއި އެހެން މީހުން ކޮވިޑް ބަލީގެ ނުރައްކަލުން ރައްކާތެރި ކުރުމަށްޓަކައި ވެކްސިން ޖެހުމަށާއި ބަލިން ރައްކާތެރިވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 308،905 މީހަކު ވަނީ ޖަހާފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 163،789 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގައި މިހާތަނަށް 61،844 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެތެރެއިން 36،862 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 24،818 މީހަކު މިހާރު ވެސް ގެންދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެތެރެއިން 252 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ.

ކޮވިޑް ބަލީގައި ރާއްޖޭގައި މިއަދުގެ މިހާތަނަށް 157 މީހަކު ވަނީ މަރުވެފަ އެވެ. އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 901 މީހެކެވެ.