ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑް އުސޫލާ ހިލާފުވި 741 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 741 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން މަގުމަތީ ހަރަކާތްތެރިވާއިރު ކޮވިޑް އުސޫލުތަކާ ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 751 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 175 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 507 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށެވެ. އަދި ކާފިއު ނޫން ވަގުތު ބޭރުގައި އުޅެވެނީ ވެސް ފުލުހުންގެ ހާއްސަ ހުއްދައެއް އޮވެގެނެވެ.

އަދި މަނާ ގަޑީގައި ހިދުމަތްދީގެން ކެފޭ، ސެލޫން އަދި ޖިމްތައް ހިމެނޭހެން 60 ތަނަކަށް ފިޔަވަޅު އަޅާފައި ވެއެވެ. ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.