ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ފޭކް ޕީސީއާރް ޓެސްޓުތަކެއްގެ މައްސަލަ ބަލަނީ

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން -- ފޮޓޯ: އަވަސް
100%
0%
0%

ކޮވިޑްގެ ހާލަތުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ބޭނުންވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ފޭކް ޑޮކިއުމަންޓްތަކެއްގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު އަވަސް އަށް ވިދާޅުވީ ޕީސީއާރް ޓެސްޓުގެ ނަތީޖާ ސައްހަ ނޫން ލިޔެކިއުންތަކެއް ހަދާފައިވާ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީއެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން ވިދާޅުވީ މިފަދަ މައްސަލަތަކެއް އެ މިނިސްޓްރީއަށް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ފޭކް ޕީސީއާރް ޓެސްޓުތަކެއް ގޮތުގައި ފަސް ޓެސްޓު ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަތައް ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަން އެ މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ތަސްލީމާ ވިދާޅުވީ ފޭކް ލިޔުންތަކެއް ދޫކޮށްފައި ހުރި ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ނުވަތަ ކޮން ކްލިނިކަކުން ކޮށްފައިވާ ކަމެއް ކަން އަދި ދަންނަވަން ދަތި ކަމަށެވެ. އެއީ އެމީހުންގެ ރަސްމީ ތައްގަނޑެއް ޑޮކިއުމެންޓްގައި ނެތުމުންނެވެ. އަދި އެޗްޕީއޭގެ ސިސްޓަމުން ވަކި ތަނެއްގެ ނަމުގައި ޑޮކިއުމެންޓް ދޫކުރި ކަން ފެންނަން ނުހުންނަ ކަމުގައިވެސް ވިދާޅުވި އެވެ.

ފޭކް ފީސީއާރްގެ ނަތީޖާ ދޫކުރާ އަދި އެފަދަ ނަތީޖާ ހޯދާ ފަރާތަތްކާމެދު އަޅާނެ ފިޔަވަޅެއް ހެލްތް މިނިސްޓްރީން ކަނޑައަޅާފައެއް ނުވެ އެވެ. ތަސްލީމާ ވިދާޅުވީ އެފަދަ ލިޔުންތައް ދޫކުރާ ކުލިނިކްތަކާއި ހޮސްޕިޓަލްތަކަށް ފިޔަވަޅެއް އެޅޭނީ ތަހުގީގު ނިމި އެއީ އެތަނަކުން ދޫކުރި އެއްޗެއްކަން ޔަގީންވުމުން ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބައިގެނދާ

ތިހެންދޯވަނީ އެއްމެންނަށްވެސް އެގޭ ކޮވިޑަކީ ފޭކުކަން. މެޑިކަލްމާފިއާއެއްކަން

ރާއްޖެ

ޓެސްޓް ނުކޮށް ލިޔުން ދެނީ ގިނަ ތަންތަނުން. ތިއީ މިހާރު ފައިދާ ހުރި ވިޔަފާރިއެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345