ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބަންދުގައިވާ ރަށްތަކުގެ އަދަދު 27 އަށް

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 27 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިމަހުގެ 12 ވަނަ ދުވަހު އަޕްޑޭޓް ކުރި ލިސްޓްގައި ބަންދުކޮށްފައި އޮތް ރަށްތަކުގެ އަދަދަކީ 32 އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކުރި ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

މިދިޔަ މަހު އެޗްޕީއޭ އިން ވަނީ 18 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. ދަބިދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރު. ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ށ. މިލަންދޫ، ނ. މާޅެންދޫ، ބ. ކެންދޫ، ބ. ތުޅާދޫ އަދި ރ. އިގުރައިދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ ހަތް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ނ. ހޮޅުދޫ، ތ. ވިލުފުށީ، ގދ. ފިޔޯރީ، ގދ. ހޯޑެއްދޫ، ރ. އަލިފުށި، ލ. ފުނަދޫ އަދި ހދ މަކުނުދޫ އެެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޖުމްލަ 805 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 637 އެވެ.