އެލައިޑް އިންޝުއަރެންސް

އެލައިޑް ކޮވިޑް އިންޝުއަރަންސަށް ކަރަންޓީން ޗާޖު

Jun 4, 2021

މިދިޔަ އަހަރު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވިއިރު ލިބުނު އެންމެ ބޮޑު ޔަގީންކަމަށްވީ ރާއްޖެ އަންނަ ޓޫރިސްޓު މީހާއަށް އެލައިޑުން ދޫކުރަން ފެށި "ކޮވިޑް-19 އިންޝުއަރަންސް" އެވެ. ނުވަތަ "އިން ބައުންޑް" އިންޝުއަރަންސެވެ. މި އިންޝުއަރަންސްވީ ރާއްޖެ އަންނަ ޓޫރިސްޓު މީހާ މި ބަލި ޖެހިއްޖެނަމަ ފަރުވާ ކުރެވޭނެ ޔަގީންކަން ލިބުނު ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ކޮވިޑްގެ ކަވަރު ކުރާނެ ގިނަ އިންޝުއަރަންސް ޕްލޭންސް ވިއްކަން ނުފަށަނީސް އެލައިޑުން ދިން މި އިންޝުއަރަންސްވީ އިކޮނޮމީއަށް ލިބުނު ބޫސްޓަކަށެވެ.

އެލައިޑުން މިވަނީ މި އިންޝުއަރަންސް ޕެކޭޖަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފަ އެވެ. މި ފަހަރު އެލައިޑުން ގެނެސްދިން ފުރިހަމަ ކަމާއެކު "އިންބައުންޑް ޕްރިމިއަމް" ގެ ނަމުގައި ތައާރަފު ކުރި އާ ޕެކޭޖާއެކު ބަލި މީހާގެ އިތުރުން އެއްކޮށް އަންނަ މީހުން ކޮންޓެކްޓް ކަރަންޓީނަށް ދާންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެ ޗާޖު ވެސް ކަވަރުކޮށްދޭނެ އެވެ.

"އިންބައުންޑް ޕްރިމިއަމް" ޕެކޭޖާއެކު ކޮވިޑަށް ޕޮޒިޓިވް އައިސޮލޭޝަން ކުރަން ޖެހިއްޖެނަމަ އެ ހަރަދުގެ އިތުރުން މި ބަލި ބޮޑުވެގެން އެހެން ތަނަކަށް ޓްރާންސްފާ ކުރަން ޖެހިއްޖެ ހާލަތުގައި ހިނގާ ހަރަދާއި ބޭހަށް ދާ ހަރަދު ވެސް ކަވަރު ކުރާނެ އެވެ. އަދި މި ބަލީގައި ޓޫރިސްޓު މީހާ މަރުވުން ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަޅުލުމުގެ ކަންކަން ވެސް މި ޕެކޭޖުން ކަވަރުކޮށްދޭނެ އެވެ. އެހެންވެ އަނެއްކާ ވެސް މި އިންޝުއަރަންސް ޕެކޭޖަށް ލިބިގެން ގޮސްފައި ވަނީ އިތުރު ފުރިހަމަ ކަމެކެވެ.

އެލައިޑުގެ ކޮވިޑް އިންޝުއަރަންސްއަކީ ނެގުން ލާޒިމް އެއްޗަކަށްނުވި ނަމަވެސް މިއީ ސަރުކާރުން އެކަމަށް ބާރު އަޅާ އިންޝުއަރަންސް އެކެވެ. ވިޒިޓް މޯލްޑިވްސް އެންޑޯޒްކޮށްފައިވާ އިންޝުއަރަންސް ޕެކޭޖެކެވެ.