މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަނީ

May 30, 2021

ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ވަނީ އެ މީހާގެ ފޮޓޯއެއް ވެސް އާންމު ކޮށްފަ އެވެ. އަދި ބުނީ ފޮޓޯ އާންމު ކުރި އެ މީހާއަކީ ހ. ސަމާގްރީންގޭ، އިބްރާހިމް ޒަކަރިއްޔާ 30، ކަމަށާއި އޭނާ ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ތަހުގީގަކަށް ކަމަށެވެ.

ފުލުހުން ބުނީ މީނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާ ކުރުމަށެވެ.

ސައިކަލު ވަގަށް ނަގާ މައްސަލަތައް ގިނަވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.