އެމްއެމްޕީއާރްސީ

ޕޯލެންޑުގައި ރާއްޖެ އިސްތިހާރު ކުރަނީ

Jun 4, 2021

ޕޯލެންޑްގައި ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

މި މަހު ފެށި އެ ކެމްޕޭނަކީ ޕޯލެންޑުގެ މާކެޓަށް ހާއްސަ ކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭނުގައި ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރި ކުރުވާނެ އެވެ. އަދި ރާއްޖޭގެ ރީތި ކަމާއެކި މިއީ ޗުއްޓީ ހޭދަ ކުރަން ރައްކާތެރި ގައުމެއްކަން ދައްކައި ދޭނެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި ކެމްޕޭނުގައި ރާއްޖެ އިސްތިހާރު ކުރަން ޑިޖިޓަލް ހަރަކާތްތަކާއި އައުޓްޑޯ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

ޕޯލިޝް މާކެޓުން މި އަހަރު ވަނީ 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރާތް ކޮށްފަ އެވެ.