ވިޒިޓް މޯލްޑިވްސް

"ޓޫރިޒަމް އޮސްކާ" ވޯލްޑް ޓްރެވަލް އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

ބޭރުގައި ބޭއްވި ޓޫރިޒަމް ފެއާއެއްގައި އެމްއެމްޕީއާރްސީގެ ސީނިއަ މުވައްޒަފެއް: ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކުރޭ -- އަވަސް ފޮޓޯ
0%
0%
0%

"ޓޫރިޒަމް އޮސްކާ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑަށް ރާއްޖެ މި އަހަރުވެސް ނޮމިނޭޓް ވެއްޖެ އެވެ.

ރާއްޖެއަށް އެތަށް ފަހަރު ލިބިފައިވާ ވޯލްޑް ޓްރެވަލް އެވޯޑަށް ރާއްޖެ ނޮމިނޭޓްވިކަން ހާމަކޮށް އެމްއެމްޕީއާރްސީ އިން ވަނީ ރާއްޖެ އަަށް ވީހާ ވެސް ގިނަ މީހުން ވޯޓު ދޭން އެދިފަ އެވެ. މި އެވޯޑުގައި ރާއްޖެ ނޮމިޓްވެފައިވަނީ ރާއްޖޭގެ އެންމެ ވާދަވެރިން ގިނަ އިންޑިއާ ކަނޑުގެ ކެޓަގަރީއަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި ޑެސްޓިނޭޝަން ބައިގެ އިތުރުން ރާއްޖެ، ގިނަ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވެ އެވެ. މީގެެތެރޭގައި ލީޑިން ޓޫރިޒަމް ބޯޑުވެސް ހިމެނެ އެވެ.

ދުނިޔޭގެ ޓޫރިޒަމްގައި ދޭ ގިނަ އެވޯޑުތަކެއް ރާއްޖެއަށް އަބަދުވެސް ލިބެ އެވެ. މިގޮތުން ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު 2020 މިދިޔަ އަހަރު ވެސް ހޯދީ ރާއްޖެ އެވެ. މި ވަނަތައް ވެފައިވަނީ ރާއްޖޭގެ ބްރޭންޑިން މަތިވެ މީހުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 700،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރު 1.6 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910