ދުނިޔެ

ނައިޖީރިއާގައި ޓްވިޓާ މަނާ ކުރުމުން އެމެރިކާ ގޮތްކިޔަނީ

ނައިޖީރިއާގައި ވަކި މުއްދަތެއް ނެތް ގޮތަށް ޓްވިޓާ މަނާ ކުރުމުން އެކަން އެގޮތަށް ކުރުމަކީ ގޯސް ކަމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ. ފަހަތުން ޔޫރަޕުން ބުނީ ތިމަންނަމެން ވެސް އުޅުނީ ހަމަ ތިޔަހެން ބުނަން ކަމަށެވެ.

ނައިޖީރިއާގައި ޓްވިޓާ މަނާ ކުރަން ޖެހުނީ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓްވީޓެއް، އާންމުންނަށް ނުފެންނަ ގޮތް ޓްވިޓާގެ މެނޭޖްމަންޓުން ހަދައިގެނެވެ. ޓްވިޓާއިން ބުނީ ރައީސެއް ކަމަކު އެކަަހަލަ ވާހަތައް ޓްވިޓާގައި ލިޔެ ޕޯސްޓް ކުރުމަކީ ގާވައިދާ ހިލާފު ކަމެއް ކަމަށެވެ.

ޓްވިޓާއަކީ ވަރަށް ބާރުގަދަ ކުންފުންޏެކެވެ. އެކަމަކު އަބަދު ވެސް އޮންނަނީ އެއްކޮޅަށް ބަރުވެފަ އެވެ. މުސްލިމުންނާ ގުޅުން ހުރި ވާހަކައެއް ދައްކާ ނަމަ ޓްވިޓާގެ މެނޭޖްމަންޓް ވަރަށް ހީކަރުވަ އެވެ. އިޒްރޭލުން ފަލަސްތީނަށް ދޭ ގެއްލުންތައް ޓްވިޓާ މެދުރެވިކޮށް ފެތުރުމަކީ ވެސް ކުށެކެވެ.

ދުނިޔޭގައި އާންމުންގެ މެދުގައި ސައްލާ ކުރަން ޓްވިޓާއަށް ނިކުމެލައި އެއްޗެކޭ ބުނެލުމަކީ އާދައެކެވެ. ނައިޖީރިއާގެ ރައީސް ބުހާރީ ވެސް ވިދާޅުވީ ގައުމަށް ވަރަށް މުހިމުވެފައިވާ ކަމެއްގެ ވާހަކަ އެވެ. އެކަމަކު ޓްވިޓާއަށް އެގޮތް ކަމަކު ނުދިޔަ އެވެ.

އެމެރިކާއާ ޔޫރަޕުން ބުނަނީ ނައިޖީރިއާއިން އަރައިގެންފައި ވަނީ ބައެއްގެ ހައްގަށް ކަމަށެވެ. ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތް އަދި ކެނެޑާއިން ބުނީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އާންމުން އުދާސް ފިލުވަން ނިކުމެއުޅޭ އިންޓަނެޓް މައިދާންތައް ބަންދު ކުރެވިގެން ނުވާނެ ކަމަށެވެ. އެމެރިކާއާ އިނގިރޭސިން ގަބޫލުކުރާ ގޮތުން ރައީސް ބުހާރީ ފާޅު ކުރެއްވީ ހިޔާލެއް ނޫނެވެ. އެ ހައްގެއް ރައީސަކަށް ނެތެވެ.

ނައިޖީރިއާގައި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 39 މިލިއަން ފަހަނައަޅަ އެވެ. ޓްވިޓާ ބްލޮކްކުރުން އެ ގައުމުގައި ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ބޭނުން ކުރެވޭނެ ސައްހަ ގޮތެއް ނެތުމުން ގިނަ ބަޔަކު މިހާރު މެދުވެރިކުރަނި ވީޕީއެން އެޕްލިކޭޝަންތަކެވެ.

ޓްވިޓާއިން ދެކޭ ގޮތުގައި ނައިޖީރިއާގައި ޓްވިޓާ ބަންދު ކުރުން ގުޅިފައި ވަނީ އެހެން ސަބަބަކާ އެވެ. ފޮހެލި ޓްވީޓާ ގުޅުމެއް ނެތެވެ. ނައިޖީރިއާ ސަރުކާރުން ޓްވިޓާ ބަންދު ކުރަން ބޭނުންވެފައި ވަނިކޮށް ޓްވިޓާ މެނޭޖްމަންޓަށް ކުރެވުނު ކަމެއް އުޒުރަކަށްވީ އެވެ. ޓްވިޓާއިން ބުނީ އަލުން ޚިދުމަތްދެވޭތޯ މަޝްވަރާކުރާނެ ކަމަށެވެ.