ދުނިޔެ

ޔޫކްރެއިންގެ ވައިގެ ސިފައިންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ، ވައިގެ ސިފައިންގެ ކޮމާންޑަރު މަގާމުން ވަކިކުރަައްވައިފި އެވެ. މިއީ ހުޅަނގުގެ ބަައިވެރިން ޔުކްރޭނަށް ދިން އެފް16 މަރުކާގެ ފައިޓަރު ޖެޓެއް ވެއްޓުނު މައްސަލާގައި ރައީސް އެޅުއްވި ފިޔަވަޅެކެވެ.

ވައިގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް މީކޮލާ އޮލެސްޗުކް މަގާމުން ވަކިކުރެއްވި ޚަބަރު ރަސްމީކޮށް ވަނީ އިއުލާންކޮށްފަ އެވެ.

ޔުކްރޭންގެ ޕައިލެޓެއް އުދުއްސި ފައިޓަރު ޖެޓު ވެއްޓުނީ ރަޝިއާއަށް ހަމަލާދޭން އުޅެނިކޮށެވެ. މި ހާދިސާގައި ފައިލެޓް ވެސް ވަނީ މަރުވެފަ އެވެ.

ކޮމާންޑަރު ވަކިކުރެއްވުމަށް ފަހު ޒެލެންސްކީ ވިދާޅުވި ގޮތުން އެ ފަދަ ފިޔަވަޅެއް އަޅުންވަން ޖެހިވަޑައިގަތީ ޔުކްރޭންގެ ރައްޔިތުންނަށްޓަކަ އެވެ. ހަނގުރާމައިގެ މައިދާނުގައި ވެސް ތިބީ ޔުކްރޭންގެ ރައްޔިތުން ކަމަށާއި ދުޝްމަނުންނަށް ހަމަލާދިނުމަކީ ސަމާސާއަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފައިޓަރު ޖެޓު ވައްޓާލީ ރަޝިއާއިން ދިން ހަމަލާއަކުންނެވެ. ރަޝިއާގެ ދިފާއީ ނިޒާމުން ފޮނުވާލި ޕެޓްރިއޮޓް މިސައިލަކުން އެފް16 މަރުކާގެ ފައިޓަރު ޖެޓެއް ވެއްޓުމަކީ ހުޅަނގަށް ވެސް ބޮޑު ލަދެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް، ފައިޓަރު ޖެޓު ވެއްޓުނީ ރަޝިއާގެ ހަމަލާއަކުންކަން ޔުކްރޭންގެ އަސްކަރިއްޔާއިން ހާމައެއް ނުކުރެ އެވެ. ފައިޓަރު ޖެޓު ވެއްޓެން މެދުވެރިވުމުގައި އެހެން ސަބަބެއް އޮތް ނަަމަވެސް، ޔުކްރޭންގެ އަސްކަރިއްޔާއިން އެކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އެމެރިކާ އާއި ޔޫރަޕުން އިސްނަގައިގެން ޔުކްރޭނަށް ފައިޓަރު ޖެޓު ދިނުމުގެ ކުރިން ވަނީ ޔުކްރޭންގެ ޕައިލެޓުން ތަމްރީންކޮށްފަ އެވެ. ނަމަވެސް، ޕައިލެޓުން ތަމްރީންކޮށްފައި ވަނީ އަވަސްއަރުވާލައި -- ވަރަށް ފަރުވާކުޑަކޮށް ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ.

ފައިޓާރު ޖެޓު އުދުއްސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުން އެފް16 މަރުކާގެ ފައިޓަރު ޖެޓުތަކަށް ޕައިލެޓުން ތަމްރީންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ދުޝްމަމުންގެ ހަމަލާތަކުން ރައްކާތެރިވުމުގައި ޕައިލެޓުގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށް ވެސް އަސްކަރީ މާހިރުން ބުނެ އެވެ. ފައިޓަރު ޖެޓު އެތައް ހާސް ފޫޓަކަށް އުދުހި އަރައި މަތީގައި އޮވެގެން މިސައިލުން ހަމަލާދިނުމުގައި ހުޝިޔާރުވާން ޖެހޭ ކަމަށް ވެސް މާހިރުން ބުނެ އެވެ.