ދުނިޔެ

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ނުލިބޭނެކަން އެމެރިކާއަށް އެނގޭ

100%
0%
0%

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދުވަހަކުވެސް ނުލިބޭނެކަން އެމެރިކާ އާއި ނޭޓޯ ގައުމުތަކުގެ ވެރިންނަށް އެނގޭ ކަމަށް "ދި އެމެރިކަން ކޮންޒަވޭޓިވް"ގެ އެޑިޓަރު ސުމަންޓްރާ މައިޓްރާ ވިދާޅުވެއްޖެ އެވެ.

ސުމަންޓްރާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ޔުކްރޭނަށް ކޮންމެވެސް ދުވަހަކުން ނޭޓޯ މެމްބަރުކަން ލިބޭނެ ކަމަށް ހަށިފޮޅާލައްވައި ވިދާޅުވި ނަމަވެސް އެއީ ކުރެވެން ނެތް ކަމެއްކަން އޭނާއަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ އެވެ.

އެއީ ކޮންމެވެސް އެއްޗެއް ވިދާޅުވުމުގެ ބޭނުމުގައި ވިދާޅުވާ ވިދާޅުވުމެއް ކަމަށް އެޑިޓަރު ވިދާޅުވި އެވެ.

ޔުކްރޭނަށް ކޮންމެ ގޮތެއް އެއީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް އެމެރިކާ އަދި ޔޫރަޕުން ދެކޭ ކަމަށްވެސް ސުމަންޓްރާ ވިދާޅުވި އެވެ.

ރަޝިއާއަށް ޖެއްސުމަކަށް ނުވާ ނަމަ އެމެރިކާއާ ޔޫރަޕުން ޔުކްރޭނަށް އަލައިނުލާނެ ކަމަށް ވެސް ކޮންޒަވޭޓިވްގެ އެޑިޓަރު ވިދާޅުވި އެވެ.

ނޭޓޯގައި ބައިވެރިވުމަށް ޔުކްރޭނަށް ފުރުސަތެއް ލިބުނު ނަމަވެސް ލިބޭނީ ރައްކާތެރިކަމުގެ ގޮތުން ޔުކްރޭން ތަސައްރަފު ފުދުނު ދުވަހަކުން ކަމަށްވެސް އެޑިޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުކްރޭންގެ ސަބަބުން ރަޝިއާގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮތްހާ ހިނދަކު ނޭޓޯ މެމްބަރުކަން އެ ގައުމަށް ނުލިބޭނެ ކަމަށެވެ.

ޔުކްރޭނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ވަކި ކޮޅަކަށް ނުޖެހި އޮތުން ކަމަށާއި ނޭޓޯގައި ބައިވެރިވުމަށް ވުރެ ގައުމު ހަރުދަނާ ފޭރާމެއްގައި އޮތުން މާބޮޑަށްވެސް ބުއްދިވެރި ކަމަށް އެޑިޓަރު ވިދާޅުވި އެވެ.

ރަޝިއާއާ ވިއްދާލަން ހަދައިގެން ޔުކްރޭންގެ އުމްރާނީ ތަރައްގީ އަހަރުތަކެއް ފަހަތަށް ސޮހިއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ވިސްނުންތެރި ސިޔާސީ ލީޑަރަކު ޔުކްރޭނަށް މިހާރު ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345