ދިރާގު ޓީވީ

ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ދިރާގު ޓީވީއަށް

Jun 13, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށި ފޯރިއާއެކު ކުރިއަށްދާއިރު ހުރިހާ މެޗެއް ދިރާގު ޓީވީން ފެންނާނެ އެވެ. އަދި މާދަމާ ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވެދސް ދިރާގު ޓީވިން ފެނުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ.

މި މުބާރަތުގެ ހުރިހާ މެޗު ތަކެއް ފެންނާނީ ދިރާގު ޓީވީގެ "ސޮނީ ޓެން 2 އެޗް ޑީ" އިންނެވެ. މީގެ އިތުރުން ފޯނު މެޗު ބަލަން ބޭނުންވާ ކަސްޓަމަރުންނަށް "ޕްލޭ މޮބައިލް އެޕްލިކޭޝަނުން" ބަލައިލެވޭނެ އެވެ.

ދިރާގުން ބުނީ މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ހައި ޑެފިނީޝަން (އެޗްޑީ) ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެ ކަމަށެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

މި ވަރުން ނިމުނީއެއް ނޫނެވެ. ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސް ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާ އަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ އެވެ.މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފާ ތަކެއް ތައާރަފުކޮށްފަ އެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެން ވެސް ދިރާގު ޓީވީ ބަލާލެވޭނެ އެވެ. އަދި ހަމަ އެހެންމެ ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓުގެ ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

ކޮޕާ އެމެރިކާގެ މެޗްތައް ފަށާނީ މާދަމާ ރާއްޖެ ގަޑިން 2:00 ގަ އެވެ.