އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ސައިޒް އެހާ ބޮޑުވީ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރީތި ރަށްތައް ނުއަގައި ވިއްކުމުންނެވެ. ރާއްޖޭގެ ރަށްތަކުގައި ބޮޑު ސޭލް އަޅުވައި ފައިސާ ނަގައި އެ ފައިސާތައް ގެއްލުވާލުމުންނެވެ. އޮޑިޓު ރިޕޯޓްތަކުގައި އެ ހުރީ އެ ވާހަކަތަކެވެ. ރާއްޖޭގެ ރަަށްތަކުގެ ހަގީގީ އަގަށް ވުރެ ކުޑަކޮށް ވިއްކި ވާހަކަ އެވެ. އޭރުގެ އެ ވާހަކަ މިއަދު ވެސް ދައްކަނީ އެގޮތަށެވެ. އޭރު އެކަން ކުރީ އެއިރަށް ފަހިކުރި ގާނޫތަކާއި ގަވާއިދުތަކުގެ ހިޔަނީގަ އެވެ. މިއަދު މިކަން ކުރަނީ މިހާރަށް ފައްކާކުރި ގާނޫނު ތަކުގެ ތެރެއިންނެވެ. ހަމައެކަނި ތަފާތަކީ މިއަދު ނަމެއްގައި ޖަޒީރާ ރާއްޖެއަކަށް އަލިވިލިފައިވާ ކަމެވެ. އާ ޖަޒީރާ ރާއްޖޭގައި ވެސް މި ފެންނީ ރަށްތަކާއި ބިންތަކުގައި ބޮޑު ސޭލް އަޅުވައި ނުއަގުގައި ވިއްކާ މަންޒަރެވެ.