އެޑްވަޓޯރިއަލް

ލިންކްސާވްގެ އޭޕީސީ ޔޫޕީއެސް: ކަރަންޓުގެ މައްސަލަތަކަށް ހައްލެއް

Jun 16, 2021
1

އޮފީސް މަސައްކަތްކުރަމުން ދަނިކޮށް ކަރަންޓް ކެނޑިގެން ކުރަމުންދިޔަ މަސައްކަތް ގެއްލުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ހެއްޔެވެ؟ ފޯރީގައި ގޭމް ކުޅެން ތިއްބައި ކަރަންޓް ގޮސްގެން ގޭމް އަލުންބަލުން ފަށަންޖެހުމުގެ އުނދަގުލާ ކުރިމަތިލާންޖެހޭ ހެއްޔެވެ؟ ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ ސަބަބުން ބޭނުންކުރާ އާލާތްތައް ހަލާކުވުމުގެ ބުރައާ ކުރިމަތިލާންޖެހޭ ހެއްޔެވެ؟

މިއީ ހައްތަހާވެސް އެތައް ބައެއްގެ ކަންބޮޑުވުންތަކެވެ. މާލޭގައި ދިރިއުޅޭއިރު ވަރަށް ގިނަ ފަހަރު ދިމާވާ ކަންކަމެވެ.
މިފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އިތުރު އެތައް ބުރައެއް ކޮނޑުގައި އަޅަންޖެހެ އެވެ. އަގުބޮޑު އެތައް އެއްޗެއް ހަލާކުވުމުން ބަދަލުގައި އެއްޗެއް ގަންނަންޖެހުމާ އެކު ޖީބަށް ބުރަ ބޮޑުވުވެ އެވެ. އެތައް ވަގުތެއް ހޭދަކޮށްގެން ކުރާ މަސައްކަތް ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިއުމަކީ ލިބޭ ގެއްލުމެކެވެ.

މިއިން ކޮންމެ މައްސަލައެއްގެ ހައްލު ވަރަށް ފަސޭހައިން އަތުޖެހޭ ހިސާބުގައި އެބަ އޮތެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޓީ އަދި އިލެކްޓްރޯނިކްސް ވިއްކާ ކުންފުނި ކަމަށްވާ ލިންކްސާވް އިން ރާއްޖެ އެތެރެކޮށް ވިއްކާ އޭޕީސީ މަރުކާގެ ޔޫޕީއެސްއެއް ގަނެލުމުން، ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާ ހުރިހާ މައްސަލަތަކުން ސަލާމަތްވެވޭނެ އެވެ.

ލިންކްސާވް އަކީ ރާއްޖޭގައި އޭޕީސީ ބްރޭންޑްގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އޮންނަ އޮތަރައިޒްޑް ރިސެލާ އެކެވެ. އެގޮތުން އޮރިޖިނަލް އުފެއްދުމެއް ގަނެވުމުގެ ޔަގީންކަން ލިބުމުގެ އިތުރުން ލިންކްސާވް އިން ގަންނަ އޭޕީސީ ބްރޭންޑްގެ ކޮންމެ އުފެއްދުމަކަށް އެއް އަހަރުދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލެ ސަރަހައްދުގައި ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި ލިންކްސާވްގެ ކަސްޓަމަރުންނަށް އޭޕީސީ އަދި އެ ނޫންވެސް އުފެއްދުންތައް ފަސޭހައިން ގަނެވޭނެ ގޮތް ވެސް އެކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އޭޕީސީ ބްރޭންޑްގެ ތަކެއްޗާއި އެހެނިހެން ސާމާނު ގޭގައި ތިބެގެން ލިންކްސާވްގެ އީ-ސްޓޯރު މެދުވެރިކޮށް ފަސޭހަކަމާ އެކު ގަނެލެވޭނެ އެވެ.

މީގެ 40 އަހަރުކުރިން ވުޖޫދަށް އައި އެމެރިކާގެ އޭޕީސީ ކުންފުންޏަކީ ކަރަންޓު އަދި ޑިޖިޓަލް އާލާތްތައް އުފެއްދުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޝްނެއިޑާ އިލެކްޓްރިކްގެ ބައެކެވެ. އޭޕީސީ އިން އެންމެ ފުރަތަމަ ޔޫޕީއެސްއެއް އުފެއްދީ 1984 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ ގާތްގަނޑަކަށް 40 އަހަރު ދުވަހުގެ ތެރޭގައި އޭޕީސީ އިން ވަނީ ޔޫޕީއެސް މާކެޓްގައި ދުނިޔޭގެ ނަން ހިގާ ބްރޭންޑަކަށް ވެފަ އެވެ.

އެކި ވަރުވަރުގެ އަދި އެކި ބޭނުންތަކަށް ހާއްސަކޮށް އޭޕީސީ އިން ޔޫޕީއެސް އުފައްދަ އެވެ. އޭގެ ތެރޭގައި، ގޭތެރޭގެ ބޭނުންތަކަށް ހާއްސަ ކުދި ޔޫޕީއެސް އިން ފެށިގެން ގޮސް އޮފީސްތަކަށާއި ބޮޑެތި ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ އެންޓަޕްރައިޒް ލެވެލްގެ ޔޫޕީއެސް ސިސްޓަމް ވެސް ހިމެނެ އެވެ. އެ ކުންފުނިން އުފައްދާ ހުރިހާ ޔޫޕީއެސް އަކީ ވެސް ކަރަންޓް ފޯރުކޮށްދޭ މިންވަރު އަމިއްލަ އަށް މެނޭޖުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "އިންޓެލިޖެންޓް" ނުވަތަ "ސްމާޓް" ޔޫޕީއެސް ސިސްޓަމްތަކެކެވެ.

ލިންކްސާވް އިން މިދިޔަ އަހަރުގެ މެދުތެރޭގައި ތައާރަފްކޮށްފައިވާ އީ-ސްޓޯރުގައި 8,000 އަށް ވުރެ ގިނަ ސާމާނު ހިމެނެ އެވެ. ލިންކްސާވްގެ ފިހާރަތަކުން ލިބޭ ހުރިހާ އެއްޗެއް މި އީ-ސްޓޯރުން ލިބޭނެ އެވެ. ފިހާރައަށް ދިއުމުގެ ބަދަލުގައި، ވެބްސައިޓަށް ވަދެ، ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްލުމުން ބޯޓާއި ފެރީގެ އިތުރުން، "ރެޑްބޮކްސް" މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ތަކެތި ގެންގޮސްދެ އެވެ. މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެއްވެސް ޑެލިވަރީ ޗާޖެއް ދައްކާކަށް ނުޖެހޭނެ އެވެ. ލޮކްޑައުންގެ މި ދުވަސްވަރު ކާފިއު ގަޑީގައި ދޭ އޯޑަރުތައް ވެސް، ރޭގަނޑު 11:00 ޖެހުމާ ހަމައަށް ލިންކްސާވް އިން ޑެލިވަރީކޮށްދޭނެ އެވެ.