ލައިފްސްޓައިލް

ލޮނުމެދު: ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ދިވެހިން ކައްކާ ކެއުންތަކުގައި އާންމުކޮށް ބޭނުންކުރާ ލޮނުމެދަކީ ކައްކާ އެއްޗެއްގެ ރަހަމީރު ކޮށްދޭ އެއްޗެއްގެ ގޮތުގައި ގިނަ މީހުން ސިފަކުރެއެވެ. ކެއްކުމުގައި ލޮނުމެދު ބޭނުންކޮށް އުޅެނީވެސް ރަހަ ތަފާތުކޮށްލުމަށެވެ. ނަމަވެސް ލޮނުމެދުން ލިބޭ ސިއްހީ ފައިދާތަކާއި ގޮންޖެހުންތައް އެނގުން މުހިއްމެވެ.

ލޮނުމެދަކީ "އިލިއަމް" ނުވަތަ ފިޔާ އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. ކޮންމެ ލޮނުމެދު ގަނޑެއްގައި 12-10 ވަރަކަށް ލޮނުމެދު ކްލޯވް ހުރެ އެވެ.

ލޮނުމެދުން ލިބޭ ފައިދާތައް

  • ހަށިގަނޑަށް ފައިދާ ކުރާ ގިނަ ބާވަތްތަކެއް އެކުލެވޭ: މެންގަނީޒް، ވިޓަމިން ބީ6، ވިޓަމިން ސީ، ސެލެނިއަމް
  • ރޯގާ ފަދަ އާންމު ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ
  • ކޮލެސްޓްރޯލްގެ ލެވެލް ރަނގަޅުކޮށްދީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
  • ލޮނުމެދުގައި އަލްޒައިމާ ބައްޔާއި ޑިމެންޝިއާ އިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވޭ
  • ހަށިގަނޑުގައި ހުންނަ ހެވީ މެޓަލްސް ޑިޓޮކްސިފައި ކުރުމަށް އެހީތެރިވެދޭ
  • ކަށިތައް ވަރުގަދަ ކޮށްދޭ

މާގިނައިން ލޮނުމެދު ކެއުމުން ލިބޭ ގެއްލުން

  • މާގިނައިން ލޮނުމެދު ކެއުމުން ފުރަމެއަށް (ލިވާ)އަށް ގެއްލުންވޭ
  • ލޮނުމެދު މާގިނައިން ކައިފިނަމަ ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެދާނެ
  • ނުބައި ވަސް ދުވުން
  • މޭނުބައިކުރުން، ހޮޑުލުން އަދި މެއިން ދިލަ ނެގުން