އެޑްވަޓޯރިއަލް

ވޯލްޑް އޮފް ޓުމޯރޯގެ އިފްތިތާހީ އިވެންޓް ނިންމާލައިފި

Oct 23, 2023

އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓުމޯރޯގެ ފަރާތުން ވިލާ ނޯޓިކާގައި ބޭއްވި ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް ނިންމާލައިފި އެވެ.

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް ފަރުމާކޮށްފައިވާ މި އިވެންޓަކީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން ބާއްވާފައިވާ އިވެންޓެކެވެ. ޖުމްލަ 212 މީހުން ބައިވެރިވި މި އިވެންޓުގައި ކޯޗިން އާއި ގުޅޭ ތަފާތު އެކި މައުލޫމާތު ބައިވެރިންނަށް ދިނެވެ.

މައުލޫމާތު ދެއްވީ ކޯޗިންގައި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ރޮބަޓް ގާސިއާ އެވެ.

މި އިވެންޓްގައި ބައިވެރިވި ބޭފުޅުން ވަނީ އިވެންޓްގައި ލިބިގެން ދިޔަ މައުލޫމާތާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

"މި އިވެންޓު ނިމިގެން ދިޔަ އިރު ޕްރޮފެޝަނަލް ނެޓްވޯކް ފުޅާވެ، ކޯޗިންއާއި ބެހޭ އެތަކެއް މައުލޫމާތު ވަނީ ދަސްވެފައި،" ބައިވެރިޔަކު ވިދާޅުވި އެވެ.

ބައިވެރިންގެ ފަރާތުންވެސް އެނގުނު ގޮތުގައި އައިސީއެފްގެ ނައިބް ރައީސް ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް"ގެ ނަމުގައި ލީޑް ކުރެއްވި މާސްޓަކްލާސް ހިންގާފައިވަނީ އިންޓަރަކްޓިވް ގޮތަކަށެވެ.

މި މާސްޓަކްލާސްގައި ލެކްޗަ ސްޓައިލް ފޯމެޓްގެ ބަދަލުގައި ބައިވެރިންނާ އެކު މަޝްވަރާކޮށް މައުލޫއަށް ވާހަކަދެއްކުމުގެ ފުރުސަތުތައް ލިބުނެވެ. ބައިވެރި އެންމެހާ ބޭފުޅުންނަށް މި ތަޖުރިބާ ސިފަވެގެން ދިޔައީ ހަމައެކަނި މައުލޫމާތު އުނގެނުމުގެ ފުރެސަތެއްގެ ގޮތުގައެއް ނޫނެވެ. މި މާސްޓަކްލާސް އިން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރެވޭނެކަމުގެ ޔަގީންކަން ލިބިގެންދިޔަ އެވެ.

މި އިވެންޓުގައި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނެޓްވޯކިން ސެޝަންގައި ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިވެންޓުތަކަށް އޮތް އެއްބާރުލުން އިތުރުވެ ޕްރޮފެޝަނަލް ނެޓްވޯކިން ފުރުސަތުތައް ފަހިވާނެ ކަމުގެ ޔަގީންކަން ބައިވެރިންނަށް ލިބިގެން ދިޔަ އެވެ.

މި އިފްތިތާހީ އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާ ގުޅިގެން މި އިވެންޓް ސީރީޒްގެ ކާމިޔާބީ ފާހަގަކޮށް، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ އިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމަށް ވޯލްޑް އޮފް ޓުމޯރޯގެ އަޒުމް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ.