ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު

އެކަނި ކުރާ ކަސްރަތަށް ފަތިހު 4 އިން ހެނދުނު 8 އަށް ހުއްދަ ދީފި

އެކަނި ކުރާ ކަސްރަތަށް ފަތިހު 4 އިން ހެނދުނު 8 އަށް ހުއްދަ ދީފި އެވެ. 

އެޗްއީއޯސީން ބުނީ މި ވަގުތުތަކުގައި ޕޮލިސް ޕާމިޓް ނެތި މަގުމަތީގައި ކަސްރަތު ކުރެވޭނެ ކަމަށެވެ. ނަމަވެސް ގުރޫޕް ކަސްރަތަށް އަދިވެސް ހުއްދައެއް ނެތެވެ. އަދި ޖިމްތައް ހުޅުވައިގެން ހުއްދަ ދިނުމަކީވެސް މަނާ ކަމެކެވެ.

މީގެ އިތުރުންވެސް ބައެއް ފިޔަވަޅުތަކަށް މިއަދު ވަނީ ލުއި ދީފައެވެ.

އެގޮތުން މާދަމާއިން ފެށިގެން ކާފިއު ވަގުތު ކުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ދެން ކާފިއު ހިންގާނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ.

ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނަމަވެސް ކާފިއު ނޫން ވަގުތު ބޭރަށް ނިކުމެވޭނީ އަދިވެސް ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށެވެ. އެގޮތުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބީސީއަކުން ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް އެ މީހުންނަށް ހުއްދަ ދީފައި އޮތް ހަތަރު ގަޑިއިރަށެވެ.

މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ހުޅުވާލަންވެސް ވަނީ ނިންމާފައެވެ.

ލުއި ދީފައިނުވަނީ ކެފޭ،ހޮޓާ އަދި ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާއި ފިހާރަތައް ހުޅުވާ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ވަގުތަށެވެ. މީގެ ތިން ހަފްތާ ކުރީން އޮތްގޮތަށް ހަވީރު ހަތަރަކާ ހަމައަށް ޓޭކް އަވޭ އަދި މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.