ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު

އީދު ބަންދަށް ވެކްސިން ޕްރަގްރާމް މެދުކަނޑާލަނީ

0%
0%
0%

ކޮވިޑް-19 އިން ދިފާއުވުމަށް ފަށާފައިވާ ވެކްސިން ޕްރަގްރާމް ކުރިއަށް އޮތް އީދު ބަންދަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ މުސްތަފާ މިއަދު ވިދާޅުވީ ކޮވިޑް ވެކްސިން ޕްރަގްރާމް 17 ވަނަ ދުވަހަށް ފަހު މާލެ ސަރަހައްދުގައި މެދުކަނޑާލާނެ ކަމަށެވެ. ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ.

ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު ދެން ވެކްސިން ޖަހަން ފަށާނެ ވަކި ތާރީހެއް އަދި ނިންމާފައި ނެތް ކަމަށެވެ. ތާރީހެއް ފައިނަލްވުމުން އެކަން އާންމު ކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފާމް ވެކްސިންނާއި ފައިޒާ ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވެ އަލުން ވެކްސިން ލިބިގެން އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910