އަލިފާން

ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

Jun 17, 2021

މާލޭ ދެކުނު ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވެ އަނދައި މީހަކު ފިހިއްޖެ އެވެ. އަލިފާނުގެ އެ ހާދިސާގައި އިތުރު ފަސް ލޯންޗަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު، މޭރީބްރައުން ރެސްޓޯރެންޓާއި ދިމާއިން ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވީ 6:13 އިގަ އެވެ. އެ ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލަން މާ ގިނަ އިރު ނަގާފައެއް ނުވި ނަމަވެސް ރޯވި ލޯންޗުގެ ބޮޑު ބައެއް ވަނީ އަނދާފަ އެވެ.

އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ ރޯވި ލޯންޗުގައު ހުރި ބިދޭސީއަކެވެ. އޭނާއަށް އައިޖީއެމްޗުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ގެންދަނީ އެ ހާދިސާގެ ހަގީގަތް ބަލައި ތަހުގީގު ކުރަމުންނެވެ.