ކަނޑުމަތީގެ ހާދިސާ

ދެ ލޯންޗު ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

މާލޭ ފަޅުގެ ބޭރުން ދެ ލޯންޗެއް ޖެހިގެން މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ޖެހި އިރު ހިނގި ލޯންޗު އެކްސިޑެންޓްުގެ އެ ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައި ކަމަށާއި އަނިޔާވީ ދިވެހި އަންހެނަކާއި ފިރިހެނަކަށް ކަމަށެވެ.

އަނިޔާވި ދެ މީހުންނަށް އިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އިތުރު އެއްވެސް މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.