އެކްސިޑެންޓް

އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި ޒުވާނަކު މަރުވެއްޖެ

އެކްސިޑެންޓްގައި ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވި ގައްދޫ، މުހައްމަދު ލީވާން
0%
0%
0%

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެ އެވެ.

ބޮޑުތަކުރުފާނުމަގާއި ކޮއިމަލާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ގދ. ގައްދޫ، މުހައްމަދު ލީވާން 21އ، މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

މި އެކްސިޑެންޓްގައި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މާލެ ސަރަހައްދުގައި މި ފަހުން ވަނީ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފަ އެވެ.

އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި މިިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު 2:48 ހާއިރު ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން ރޭވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހެނދުނު އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910