މަގުމަތީގެ އެކްސިޑެންޓް

ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެ

މަގުމަތީ ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 10:00 ޖެހިއިރު ކަމަށެވެ. ހުވަފެނީ ގޯޅީގައިބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓްވެ ބޮޑު އަނިޔާއެއްވީ ސައިކަލްގެ ފަހަތުގައި އިންމީހާއަށެވެ. އެ މީހާއަށް ފަރުވާ ދޭން އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. ނަމަވެސް ފަރުވާ ދެނިކޮށް އެމީހާ ވަނީ މަރުވެފައެވެ.

މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.