މަގުމަތީގެ އެކްސިޑެންޓް

މިދިޔަ ހަފްތާގައި މާލޭގައި 51 އެކްސިޑެންޓް

ނިމިދިޔަ ހަފްތާގައި މާލޭގައި 51 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަފްތާއަކު އެއްފަހަރު ފުލުހުން ނެރޭ ތަފާސް ހިސާބުތަށް ދައްކާގޮތުން މާލޭގައި ހިނގި 51 އެކްސިޑެންޓަކާ ގުޅިގެން އަށް މީހެއްގެ ލައިސަންސް ހިފަހައްޓާފައި ވާއިރު ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ. ޓްރެފިކް ގަވާއިދާ ހިލާފުވެގެން 28 މީހަކަށް ހިފެހެއްޓިއިރު 18 އަހަރު ނުފުރެނީ ސައިކަލް ދުއްވައިގެން ހަތަރު ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން 41 ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ތަފާސް ހިސާބުގައި ވާގޮތުން ފުލުހުން ވަނީ މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފު ޕާކު ކުރުމުގެ ސަބަބުން، 473 އުޅަނދުގައި ސްޓިކާ ޖަހާފަ އެވެ. އަދި 262 އުޅަނދެއް ޗެކް ކޮށް 162 އުޅަނދު ޓޯ ކޮށްފަ އެވެ. 85 މީހަކު ލައިސަން ނެތި ސައިކަލް ދުއްވި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު 69 ފަރާތަކުން ލައިސަންސް އޮވެ ލައިސަންސާ އާއި ނުލާ ސައިކަލް ދުއްވާފައިވެ އެވެ. އަހަރީ ފީ ނުދައްކައިގެން 31 މީހުނަށް ފިޔަވަޅު އަޅާފައިވާއިރު އިންޝޫރެސް އަދި ރޮޑްވޯތިނަސް ނުދައްކައި ހުރި 66 މީހަކާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ.

ގަވާއިދާ ހިލާފަށް ޓެކްސީކުރި 15 ޓެކްސީ ޑްރައިވަރަކަށް ފުލުހުން ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ތަފާސްހިސާބުން ދައްކަ އެވެ. ހެލްމެޓުގެ ގަވައިދާ ހިލާފުވެގެން 27 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރި ހަ މީހަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

މީގެ އިތުރުން ތަފާސްހިސާބުތަށް ދައްކާގޮތުން ފުލުހުން ވަނީ، ޒިބްރާ ކޮރްސް އަދި ޕޭވްމެންޓް ކައިރީގައި ޕާކު ކުރި ހަތް މީހަކަށް ފިޔަވަޅު އަޅާފަ އެވެ. އަދި އުޅަނދު ދުއްވަމުން ފޯނު ނުވަތަށް ހެޑްސެޓް ބޭނުން ކުރި 33 މިހަކަށާއި އުޅަނދުގެ ލައިޓުގެ ގާނޫނީ މިންގަނޑަށް ނުފެތި ހުރި ހަތަރު މީހަކާމެދު ފިޔަވަޅު އަޅާފަ އެވެ.