ހަބަރު

ވައިގޮޅިއެއްގެ ތެރެއަށް ވެއްޓި ދިވެއްސަކު މަރުވެއްޖެ

މާފަންނުގެ ގެއެއްގެ ވަޅިގޮޅީގެ ތެރެއަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ 37 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން މިރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެމީހާގެ ހަބަރެއް މިއަދު ހެނދުނުން ފެށިގެން ނުވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އޭނާ ހޯދަން ފުލުހުން ކުރި މަސައްކަތުން އޭނާ އުޅޭ ގޭގެ ވައިގޮޅީގެ ތެރެއަށް އޭނާ ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އަދި ބުނީ ވައިގޮޅީގެ ތެރެއިން ނަގައިގެން އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.

އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމް ހޮސްޕިޓަލްގައެވެ. އެމީހާ ވައިގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ މިރޭ 10:36 އެހާކަންހާއިރު އެވެ.