މަރު

ގެއެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މާފަންނު ގެއެއްގެ ތިން ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:33 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.