މީހުން މެރުން

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހަކު ފެނިއްޖެ

އަންހެން މީހާގެ މަރާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ: މަރުގެ މައްސަލައިގެ ތުހުމަތަށް ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި - ވަގުތު ފޮޓޯ
0%
0%
0%

މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހަކު ފެނިއްޖެ އެވެ. އެ މީހާ ފެނިފައިވަނީ ހެންވޭރު ބްރެވިމަގު، ޝީރީންވިލާގެ އިންނެވެ. ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލޭގެ ގެއެއްގައި ޒަހަމުތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ދަނީ އެ މީހާ މަރާލާފައި އޮއްވާ ފެނުނު ގޭގަައި ހަރަކާތްތެރި ވަމުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910