މީހުން މެރުން

ކުޑަކުއްޖާ މަރާލި މައްސަލަ މަޖިލީހުން ބަލަނީ

ކުޑަކުއްޖާ މަރާލައިފައި އޮތް ސަަރަހައްދު ކޯޑަން ކޮށްފައި: އެކަން ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުން ވަނީ ނިންމައިފައި -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު (ޖެރީ)
0%
0%
0%

ހުޅުމާލޭގައި ރޭ މެންދަމު ކުޑަކުއްޖަކު މަރާލި މައްސަލަ ބަލަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ކުއްލި ބައްދަލު ވުމެއް މިއަދު ބާއްވާނެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުވުން ބާއްވަނީ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާލި ހާދިސާގެ ކަންކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރަން ކަމަށެވެ. އެފަދަ މައްސަލަތަކުގައި އާންމުކޮށް ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ހާޒިރުކުރި ނަަމަވެސް މިއަދުގެ ބައްދަލުވުމަށް އެފަދަ އެއްވެސް ބޭފުޅަކު ހާޒިރުކުރާކަމެއް އެނގިފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ ބަހެއް ނުލިބު ނެވެ.

ރޭ މެންދަމު 2:30 އެހާކަންހާއިރު އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. އެ ކުޑަކުއްޖާ މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ކުއްޖާ ފެނުނީ މަރާލުމަށް ފަހު މޫދަށް އެއްލާލާފައި އޮއްވަ އެވެ. ކުޑަ ކުއްޖާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910