މީހުން މެރުން

ކުޑަކުއްޖަކު ރަހީނުކޮށް މަރާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު -- ފޮޓޯ: އަވަސް
0%
0%
0%

އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައި މިވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރޭ މެންދަމު 2:30 ހާއިރު އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު -- ފޮޓޯ: އަވަސް

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ފެނުނީ މަރާލުމަށް ފަހު މޫދަށް އެއްލާލާފައި އޮއްވަ އެވެ. ކުޑަ ކުއްޖާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910