އެކްސިޑެންޓް

ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

Oct 7, 2023

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސްކަން އެނގިއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ޗައިނާ އެމްބަސީ ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 74 އަހަރުގެ މީހާއަށެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުން މި ހާދިސާގައި އަނިޔާވެފައިވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ އަހުމަދު މަނިކަށެވެ.

އާއިލާގެ ގާތް މީހަކު "އަވަސް" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަހުމަދު މަނިކުގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

އޭނާ ބުނި ގޮތުގައި އަހުމަދު މަނިކަށް މިހާރުވެސް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.