ހަބަރު

އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ފަރުވާ ދެނީ

މާފަންނުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގެ ހަތް ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ހަތްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް މިއަދު އިރުއޮއްސި 6:19 ހާއިރު ލިބިފައިވާ ކަމަށެވެ. ބިދޭސީ މީހާ ވެއްޓުނީ އެ އިމާރާތުގެ ލިފްޓު ގޮޅިންނެވެ.

ފުލުހުން ބުނި ގޮތުގައި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިމާރާތް ކުރާ ފަރާތްތަކުން ސަލަމާތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ