ކުށްކުރުން

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މި ހަމަލާދީފައިވަނީ މުތީގޯޅީގައި މިރޭ 7:15 ހާއިރު އެވެ.

އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އޭނާއަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މިއީ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ ދިން ހަމަލާ އެކެވެ.

މިހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެެވެ.