މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކަމުން ދިޔަ ހަތަރު މީހުން ހައްޔަރުކޮށްފި

މާލޭގައި ސްޕާއެއް ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނުންނެވެ.

ތައިލެންޑް ތިން އަންހެނުންގެ ތެރެއިން ދެ މީހުންގެ އުމުރަކީ 30 އަހަރެވެ. އަނެއް އަންހެން މީހާގެ އުމުރަކީ 28 އަހަރެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިވެސް މާލޭގައި ހަށިވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ. އިމިގްރޭޝަނުން އަތުލައިގަތީ ވިއެޓްނާމް ދެ އަންހެނުންނެވެ.